logo

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

profile

ރިޟްވާން މޫސާ - 14 މޭ 2026 - 05:48

މި އަހަރު ނިމުމުގެ ކުރިން އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި (އެފްޓީއޭ) މިއަހަރު ނިމުމުގެ ކުރިން ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހު 'ވިއޯން' ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އިގްތިސާދީ ގޮތުން އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ސާކް ކަރަންސީ ސްވޮޕްގެ ދަށުން ލިބުނު 30 ބިލިއަން ރުޕީސްގެ މާލީ އެހީތެރިކަމަކީ ކާބޯތަކެއްޗާއި ސަބްސިޑީ ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާކަން ފާހަގަކުރައްވައި، ރާއްޖެއިން ދަރަނި ނުދެއްކި 'ޑިފޯލްޓް' ނުވާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އައިއޯއާރްއޭ އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ފޯރަމްތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިން އުފެދުނު ބައެއް ނުތަނަވަސްކަންކަމަކީ ބޭރުގެ ނުފޫޒަކުން ދިމާވި ކަމަކަށް ވެދާނެ ކަމަށާއި، ނަމަވެސް މިހާރުގެ ދެ ސަރުކާރުގެ އަމާޒަކީ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށް މިނިސްޓަރު ވިދާޅު ވިއެވެ.

އިގްތިސާދީ ގޮތުން އިންޑިއާއިން ދެމުންދާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ސާކް ކަރަންސީ ސްވޮޕްގެ ދަށުން ލިބުނު 30 ބިލިއަން ރުޕީސްގެ މާލީ އެހީތެރިކަމަކީ ކާބޯތަކެއްޗާއި ސަބްސިޑީ ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk