
މޫސުން ގޯސްވެ ސަމާލުވާން އަންގައިފި: މެޓް އޮފީސް

އަސްލު މީޑިއާ - 14 މޭ 2026 - 05:54
ރާއްޖޭގެ ބޮޑު ސަރަހަކަށް މޫސުން ގޯސްވެ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުރިހައި ފަރާތްތަކުން ވެސް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސް ކުރައްވައިފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނުިވަތަ ހުދު ސަމާލު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހިސާބަށެވެ.
މެޓް އޮފީހުގެ ސަމާލުގައި ބުނެފަިއ ވަނީ މިއަދުގެ 10:00 އިން ފެށިގެން މިއަދުގެ ހަވީރުގެ 16:00 އާއި ހަމައަށް މި ސަރަހައްދު ތަކަށް 45 މޭލަށް ވުރެ ބާރު މިނުގައި ވައިގަދަވާނެ ކަމަށެވެ.
ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި އަދި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފަ ކުރެވޭ ކަމަށެވެ.
މި ދުވަސްވަރަކީ މޫސުން ވަރަށް ބޮޑަށް ގޯސްވަމުން އަންނަ ދުވަސްވަރެއް ކަމުގައި ވާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ދަތުރު ކުރެއްވުމަށް މޫސުމާއި ބެހޭ އިދާރާއިންނާއި، މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސް އިން ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އެހެންކަމުން ރޭގަނޑު ކަނޑު ދަތުރުތައް ކުރާ ނަމަ، އިތުރަށް ސަމާލުވުމަށާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
14 މިނިޓު ކުރިން

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!
16 މިނިޓު ކުރިން
އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް
22 މިނިޓު ކުރިން

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް
3 ގަޑިއިރު ކުރިން


.gif&w=3840&q=75)