logo

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ

profile

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:58

ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މިރޭ ހަވާ އެރުވުމުގެ ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއްވާ ގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ މިރޭ 22:00 ގައި، މާލޭގެ އެއް ނަމްބަރު ފާލަމާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައެވެ.

ގާތްގަނޑަކަށް 5 މިނެޓުގެ ވަގުތަކަށް ދެމިގެންދާ މި ހަރަކާތަކީ މިނިވަންދުވަހުގެ އިހުތިފާލުތަކުގެ ތެރެއިން ހިމެނިގެން ބާއްވާ ހަރަކާތެކެވެ.

މިދިޔަ އަހަރުގެ މިނިވަންދުވަހާ ގުޅުވައިގެންވެސް ކުލަގަދަ ގޮތެއްގައި ހަވާ އެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތާ ގުޅުވައިގެން، މާލެ ވަށައިގެންވާ ކަނޑުގެ 16 ސަރަހައްދެއްގައި ހަވާ އެރުވުން ކުރިއަށްގެންދިޔައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި މިފަދަ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާއިރު، އެ ހަރަކާތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ އިނގިރޭސިންގެ އަތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީޚީ ދުވަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk