logo

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް

profile

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:57

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދަކީ ސަރުކާރާ އިދިކޮޅު ފިކުރުގެ، އަދި ވަކި ފަރާތްތަކަކުން އަންގާ ގޮތަށް ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާއިރު، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި އޮންނަންޖެހޭ މިނިވަންކަމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރަކީ ނިމިދިޔަ ސަރުކާރުން އެ މަގާމަށް އައްޔަނުކޮށްފައިވާ ބޭފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ހެޔޮވެރިކަމުގެ އުސޫލުތައް ނުވަތަ ގުޑް ގަވަނަންސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ގާއިމުކުރުން ކަމަށާއި، ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކެކޭ އެއްފަދައިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކަށް (އާރު.ޓީ.އައި) ޖަވާބުދާރީވުމުގައްޔާއި، ނޫސްވެރިންގެ ބައްދަލުވުންތަކާއި އިންޓަވިއުތައް މެދުވެރިކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކަމުންދާ، މީޑިއާއާ ގާތް ގުޅުމެއް ބާއްވާ ސަރުކާރެއްކަން ވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk