(2).jpeg&w=3840&q=75)
މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:55
މިނިވަން ދުވަހާއި އެ ދުވަހާ ގުޅިގެން އަންނަ ސަރުކާރު ބަންދު ދުވަސްތަކުގައި، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކާއި އައްޑޫ އިމިގްރޭޝަން އޮފީހުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް، ޖުލައި މަހުގެ 26 އަދި 27 ވަނަ ދުވަހު "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންލައިންކޮށް ލިބޭނެއެވެ.
ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތްތައް ކުރިއަށްދާނީ ތިރީގައިވާ ގަޑިތަކުގައެވެ:
މާލެ އަދި އައްޑޫ އޮފީސް: ހެނދުނު 08:30 އިން ހަވީރު 17:00 އަށް.
ހުޅުމާލެ އޮފީސް: ހެނދުނު 08:30 އިން ހަވީރު 16:00 އަށް.
މި އޮފީސްތަކުން ހިދުމަތް ހޯދުމަށް "ކިއުބީ" އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އޮފީހަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ބަންދު ދުވަސްތަކުގައި ދިމާވާ މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި 9555333 އަށް ގުޅައިގެން ޕާސްޕޯޓުގެ ހިދުމަތް ހޯދޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
2 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
2 ގަޑިއިރު ކުރިން

މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް: ސީޕީ
2 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)