
ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު
މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް: ސީޕީ

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:56
މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ފުލުހުންގެ ފަރާތުން ސީޕީ ފޮނުއްވި ވީޑިއޯ މެސެޖުގައި ދުވަހުގެ ތަހުނިޔާ ދަންނަވާފައިވެއެވެ.
ރާއްޖޭގެ މިނިވަންކަން ދެމިއޮތީ، ކާބަފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ފޮނި ނަތީޖާއިންކަމަށް ސީީޕީ ވިދާޅުވިއެވެ.
އެންމެން ގުޅިގެން ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމްކުރުމަށް އަތުގުޅާލަން މަސައްކަތް ކުރަން ސީޕީ ބާރުއެޅުއްވިއެވެ.
ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަނީ އެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ރާއްޖޭގައި ކުށްމަދު، އަމާން މުޖުތަމައެއް ޤާއިމްކުރުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.
ގައުމު ބިނާކުރުމުގައި އާއްމުންގެ ޒިންމާ ބޮޑު ކަމަށާއި، ޚާއްސަކޮށް ޒުވާނުން އަދާކުރާ ދައުރު ވަރަށް މުހިންމު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ދިވެހި ފުލުހުން އަބަދުވެސް ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލު ދިފާއުކުރުން މަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން ސީޕީ ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
ސީޕީވަނީ، ދިވެހިންފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކުރައްވާ އެކަމަށްޓަކާ ޝުކުރު އަދާކުރައްވާފައެވެ.





(2).jpeg&w=3840&q=75)
.gif&w=3840&q=75)