
މިނިވަން ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވައިފި

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 12:55
ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސް މެދުވެރިކުރައްވައި ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަބަދަށްމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން މާތްﷲގެ ހަޟްރަތުގައި ނައިބު ރައީސް ދުއާ ދެންނެވިއެވެ.
ތާރީޚީ ގޮތުން ބަލާއިރު، ދިވެހިރާއްޖެ އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިޔައީ 1887 ވަނަ އަހަރުއެވެ.
ނަމަވެސް، އެ ދުވަސްވަރުވެސް ރާއްޖޭގެ ދާޚިލީ ކަންކަން ހިންގުމުގައި އިނގިރޭސީންގެ ނުފޫޒެއް ނެތި، ދިވެހިންނަށް އަމިއްލަ އިޚްތިޔާރު ލިބިފައި އޮތްކަން ފާހަގަކުރެވެއެވެ.
މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ، 1965 ވަނަ އަހަރު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރެވުނު ތާރީޚީ އެއްބަސްވުމުގެ ހަނދާނުގައެވެ.
މި އެއްބަސްވުމާއެކު، ދިވެހިރާއްޖެއަކީ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ، ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިނގިރޭސި ސަރުކާރުން ރަސްމީކޮށް ބަލައިގަތެވެ.
ގުޅުން ހުރި ޙަބަރުތައް

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
2 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
2 ގަޑިއިރު ކުރިން

މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް: ސީޕީ
2 ގަޑިއިރު ކުރިން
(2).jpeg&w=3840&q=75)
މިނިވަން ދުވަހާއި ގުޅިގެން އަންނަ ބަންދުގައި ޕާސްޕޯޓު ދޫކުރަނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)