އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް

ރިޟްވާން މޫސާ - 26 ޖުލައި 2026 - 12:50
އިޒްރެއިލް ފިޔަވައި ދުނިޔޭގެ އެހެން ހުރިހައި ގައުމަކާއިވެސް ދިވެހިރާއްޖެއިން ގުޅުން ބާއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ކޮންމެ ލޮބްވެތި ރައްޔިތަކުވެސް ހިތުގެ އެންމެ ފުން ނާރު ތަކާއި ގުޅިފައި ވަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ކަމަށެވެ. އަދި އެ ރައްޔިތުންނަށް އޮތް ނިކަމެތި ކަމާއި، އިސްލާމް ދީނަށްޓަކައި ކުރައްވަމުން ގެންދަވާ މަތިވެރި ޖިހާދު ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާ އާއި އެ ޖެނެސައިޑް ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށާއި، އެހެންކަމުން އެ ޖެނެސައިޑް ހިނގަމުންދާހާ ހިނދަކު އަދި ހާއްސަކޮށް މި ސަރުކާރުގެ ޙާރިޖީ ސިޔާސަތު ތަންފީޒް ކުރަމުން ދާހާ ހިނދަކު އެކަން އެ މިންގަނޑުގަ ހިފަހައްޓާނެ ކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ މި ރީތި ގޮނޑުދޮއްތަކާއި މޫދުގެ ރީތިކަމަށް ބޭރުގެ ފަރާތްތަކުން އަންނަން އޮންނަ އޮތުގެ މާނަޔަށް އިރްެއިލްގެ ޕާސްޕޯޓަކާއެކު ރާއްޖެ އަށް އެތެރެވެސް ވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރި ފަރާތްތަކުގެ ތެރެއިން އެމްޑީޕީގެ ވެރިކަން އޮތް ކޮންމެ ފަހަރަކުވެސް މި ކަންކަމާއި ދިމާ އިދިކޮޅަށް ކަންކަން ކުރައްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ މިއަދުގެ ހަގީގަތް ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން މި ގައުމުގައި "ޕްރޯ އިޒްރައިލް" ފޮރިންގ ޕޮލިސީ އެއް ތަމްފީޒް ކުރި ކަމަށާއި، އަރަބި އިސްލާމީ ގައުމުތަކާއި ދުރުވެގަތީ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަރަބި ގައުމުތަކާއި ގުޅުން އުފައްދައި އިޒްރައިލް "ބޮއިކޮޓް" ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިއީ ދިވެހިންނާއި "ދޯޅަ" ގޮތެއް ނޫން ކަމަށާއި، މިއީ ދިވެހިންނާއި، ބީރައްޓެހި ސިޔާސަތެއް ކަމަށެވެ. ދިވެހިން ތިބެން ވާނީ ދިވެހިންގެ ގޮތުގައި ބަސްބުނެވޭ ފެންވަރުގައި މިނިވަންކަން މަތީ އަބަދަށް ކަމަށް ރައީސް ވިދާޅުވި އެވެ.






.gif&w=3840&q=75)