logo

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!

profile

ރިޟްވާން މޫސާ - 26 ޖުލައި 2026 - 12:57

މާލޭގެ އެކި ސަރަހައްދު ތަކަށް އުދަ އަރައި ބައެއް ކަހަލަ ގެއްލުންތަކެއް ވެއްޖެ އެވެ.

https://wamco.com.mv/

މޫސުމާއި ބެހޭ އިދާރާއި ލަފާ ކުރައްވާ ގޮތުގައި ކުރިއަށް އޮތް ހަފްތާ ގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ ވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރެ އެވެ.

މޫސުން ގޯސްވެ މާލޭގެ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ބައެއް ވެހިކަލް ތަކަށް ވަނީ ވެއްޓި އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

މީގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ޕެޓްރޯލް އަޅާ ޝެޑް ހިމެނޭ ސަރަހައްދަށް ވެސް ވަނީ ރާޅުގެ އަސަރުކޮށްފަ އެވެ.

މީގެ އިތުރުން މާލޭގެ ރާޅުގަނޑު ސަރަހައްދަށް ވެސް އުދައަރަން ފަށާފައިވާއިރު އެސަރަހައްދުގެ މަގުމަތީގައި ވެސް ވަނީ ރާޅު އަރައި ފެނުގެ އަސަރު ކޮށްފަ އެވެ.

މޫސުމާއިބެހޭ އިދާރާއިން ވަނީ އެކި ހިސާބުތަކަށް މޫސުން ގޯސް ވެދާނެ ކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން ވެސް ދަތުރުފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk