logo
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް

profile

ރިޟްވާން މޫސާ - 26 ޖުލައި 2026 - 10:15

މި ގައުމަކީ މޯލްޑިވްސް ފަސްޓް ޕޮލިސީ މިނިވަން ގައުމެއް ކަމަށާއި، ގޮނޑި ކޮއްކޮ ޙާރިޖީ ސިޔާސަތު މި ގައުމަކަށް މުހިންމު ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މިނިވަންދުވަހުގެ ހާއްސަ ޖަލްސދާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެކި އެކި ސަރުކާރުތަކުން މިގައުމުގައި ޙާރިޖީ ސިޔާސަތުތައް މީގެ ކުރިން ތަމްފީޒް ކުރި ކަމަށެވެ.

ރައީސް ވިދާޅުވީ އެހެން ބައެއްގެ ބާތުގެ ދަށުގައި އެހެން ބައެއްގެ މިނިވަންކަމުގެ ތެރޭގައި ދިވެހި ރާއްޖޭގެ ޙާރިޖީ ސިޔާސަތުތައް ގެންގުޅެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އާދައިގެ ބަހަކުން ދަންނަވާ ނަމަ "ގޮނޑި ކޮއްކޮ" ޙާރިޖީ ސިޔާސަތު މި ގައުމަކަށް ބޭނުން ނޫން ކަމަށާއި، އެއީ މިގައުމަށް ހެޔޮ ގޮތެއް ނޫން ކަމަށެވެ.

މިނިވަންދުވަހުގެ މި މުނާސަބަތު ފާހަގަކުރަމުންދާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ އެއްކަމަކީ މިއީ ދިވެހިންގެ ރާއްޖެ ކަމަށާއި، ދިވެހިންގެ ރާޢްޖޭގފައި އިސްކުރަންވާނީ ދިވެހިން ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދފަށުން ދިވެހިރާޢްޖޭގެ ގުޅުން ހަމަ އެންމެ ގައުމެއް ފިޔަވައި އެހެން ހުރިހައި ގައުމަކަށް ވެސް އޮންނާނެ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk