
ޔޫއޭއީގެ ސަފީރަކަށް ތާރިޤްގެ ނަން، ޤަތަރަށް އާދަމް ޝަރީފްގެ ނަން ހުށަހަޅައިފި

ރިޟްވާން މޫސާ - 14 މޭ 2026 - 05:48
މި ސަރުކާރުގެ ކުރީގެ ދެ ވަޒީރަކު ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ މޭޒުން ހުށައަޅާ ކަމެެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ފޮނުވާފައިވާ ސިޓީ އިއްވުމަށް އިއުލާނު ކުރެއްވުމުން މަޖިލީހުގެ އަމީން އާންމު ވަނީ މަޖިލީހުގެ ތަޅުމުގައި މި ސިޓީ އިއްވާފަ އެވެ.
ސިޓީފުޅު އިއްވަވަމުން އަމީން އާއްމު ވިދާޅުވީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުކަމަށް ތޯރިގް އިބްރާހީމް އަދި ސްޓޭޓް އޮފް ގަތަރަށް ކަނޑައަޅާ ސަފީރުކަމަށް އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މި ދެ ބޭފުޅުންނަކީ ވެސް މިދިޔަ މަހުގެ 14 ވަނަ ދުވަހު ކެބިނެޓުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އޭރު ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާން ކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގެ ދަށުން ރައީސް ހުށަހަޅުއްވާފައިވާ މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވެ ސަމާލުވާން އަންގައިފި: މެޓް އޮފީސް
6 ގަޑިއިރު ކުރިން

އިންޑިއާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
6 ގަޑިއިރު ކުރިން

ހަތިޔާރަކުން އީރާނު ބަލިކޮށެއް ނުލެވުނު ކަމަށް އެމެރިކާއިން ގަބޫލުކޮށްފި!
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
އެމްއޭސީއެލްގެ ކުރިއެރުމަށް މަސައްކަތް ފަށައިފިން: އެމްއޭސީއެލް ސީއީއޯ
21 ގަޑިއިރު ކުރިން


.gif&w=3840&q=75)