logo

ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅުކުރެވޭނީ ބަދަހި އާއިލާތަކަކުން: ރައީސް

profile

ރިޟްވާން މޫސާ - 15 މޭ 2026 - 10:45

ގައުމުގެ އިޖުތިމާއީ ފޭރާން ރަގަޅު ކުރަންޖެހޭ ކަމަށާއި، ރަގަޅު ޖީލެއް ބިނާކުރެވޭނީ ރަގަޅު ބަދަހި އާއިލާތެއް ބިނާކުރެވިގެން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

https://wamco.com.mv/

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށްވަނީ އާއިލާގެ ލޯތްބާ އަޅާލުމުގެ މުހިންމުކަން ބުނެދީ، އެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

މި ދުވަހާއި ގުޅުވައިގެން ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މައިން ބަފައިންނަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުންމަށްކަމަށެވެ. ހަމައެކަނި މިކަމުންވެސް މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހާމަވާކަމަށް ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރަން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމާ ހަމައިންކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވެރިކަމާ ހަވާލުވެވަޑައިގެން މުޖުތަމަޢުގައި ހުރި ތަފާތު އިޖްތިމާޢީ މައްސަލަތައް ހައްލުކޮށް ޢާއިލާތަކަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެކަށައަޅުއްވާ ސިޔާސަތުތަކާއެއްގޮތަށް ތަފާތު މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން ރައްޔިތުންގެ ގާތަށް ގޮސް ހާލަތު ދެނެގަތުމަށް ސަރުކާރުން ފަށާފައިވާ "ހާލު ކިހިނެއް؟" ޕްރޮގްރާމްގެ ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ "ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމްގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެތައް ކުއްޖަކުވަނީ އާއިލާތަކާޙަވާލުކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk