
ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ، ރައްކާތެރި، ތަކެއްޗަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ: ރައީސް

އާމިނަތު ޝަޒްލާ - 07 ޖޫން 2026 - 06:12
ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ، ރައްކާތެރި، ދުޅަހެޔޮ އަދި އިތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހު ސޮޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.
ސަރުކާރުގެ މުހިއްމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ބާވަތްތައް ޓެސްޓުކުރުމާއި މޮނީޓަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެއވިފައިވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކަބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނ ބަލިތަކަކީ، ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި، މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު، ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ޙާލަތްތަކުގައި ތިބި ހުރިހާ ފަރާތެއްގެ މަތިން ރައީސް ވަނީ ހަނދާންކުރައްވާފައެވެ. އަދި ގުޅިގެން މިފަދަ މައްސަލަތަކަށް ޙައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނުވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ވަނީ ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ.
ގުޅުން ހުރި ޙަބަރުތައް

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފި
24 މިނިޓު ކުރިން

މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ ޖޫން 15 ގައި: މަޖިލީހުގެ އިދާރާ
3 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް ކެފޭއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)