logo

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 13:49

މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިއަދު ހަވީރު ރާއްޖެ އައި މި ގްރޫޕްގައި ޖުމްލަ 262 ހައްޖާޖީން ހިމެނެއެވެ.

ހައްޖުވެރިން އަނބުރާ ރާއްޖެ ގެނައުމުގެ އިންތިޒާމުތައް މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިން މެދުވެރިކޮށް ކުރިއަށްދާއިރު، ހައްޖާޖީންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މޯލްޑިވިއަންއިން ދަތުރުކުރާ ހައްޖުވެރިން އެއާޕޯޓަށް ދިޔުމުގެ ކުރިން ލަގެޖްތައް ޕްރީ-ޗެކިންކޮށް، ބޯޑިން ފާސް ހަވާލުކުރުން ފަދަ އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައެވެ.

މި އަހަރުގެ ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް 240 އަށްވުރެ ގިނަ ހައްޖާޖީންނާއެކު ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ހައްޖުވެރިންގެ އިތުރު ގްރޫޕްތައް މާދަމާ އާއި އަންގާރަ ދުވަހު ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk