
މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ ޖޫން 15 ގައި: މަޖިލީހުގެ އިދާރާ

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 14:53
މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ މި މި ޖޫން މަހުގެ 15 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.
މި ދައުރުގެ ފުރަތަމަ ޖަލްސާގެ އެޖެންޑާގައި ހިމެނިފައިވަނީ ހަމައެކަނި މަޖިލީހުގެ އާ ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ މަސައްކަތެވެ.
އެގޮތުން، މި މަސައްކަތަށް ބޭނުންވާ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި، މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމެވެ.
އެ މަސައްކަތް ނިންމަވާލައްވައި ޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާތައް ޖޫން މަހުގެ 8 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އާންމު އުސޫލުން ފުރަތަމަ ދައުރުގެ ޖަލްސާތައް މޭ މަހުގެ 15 އަށް ނިމޭނެ ނަމަވެސް، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވަކިކުރުމުގެ މައްސަލައަކާ ގުޅިގެން މިދިޔަ މަހުގެ ނިޔަލަށް ފުރަތަމަ ދައުރު ވަނީ ދަންމާލާފައެވެ.
ނާޒިމް މަގާމުން ވަކިކުރުމަށް މިދިޔަ އާދީއްތަ ދުވަހު ތާވަލުކުރި ޖަލްސާ ފެށުމުގެ ބައިގަޑިއިރު ކުރިން، އެމަނިކުފާނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފި
24 މިނިޓު ކުރިން

ގަވާއިދާ ހިލާފަށް ކެފޭއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
4 ގަޑިއިރު ކުރިން

ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)