
ގަވާއިދާ ހިލާފަށް ކެފޭއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 13:49
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން، މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި، މި ހަރަކާތަކީ މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ ކެފޭތަކާއި ވިޔަފާރިތައް ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި ހުރި ޓޭކްއަވޭ ކެފޭތަކަށް އަމާޒުކޮށް ހިންގި މި ރެއިޑްގައި ޖުމްލަ 6 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސައްހަ ލިޔެކިޔުން ނެތް އެކަކެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، މިދިޔަ އަހަރުން ފެށިގެން އިމިގްރޭޝަނުން އަންނަނީ މާލެ ސަރަހައްދުގައި މެދުކެނޑުމެއްނެތި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކޮށް، އެފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން މިހާރު ވަނީ ވަރުގަދަކޮށްފައެވެ.
މި ހާއްސަ އޮޕަރޭޝަންތަކުގެ މައިގަނޑު އަމާޒަކީ، ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ގާނޫނާ ހިލާފު އެކި ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީންނަށް ގާނޫނީ ފިޔަވަޅު އެޅުމެވެ.
ގުޅުން ހުރި ޙަބަރުތައް

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފި
24 މިނިޓު ކުރިން

މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ ޖޫން 15 ގައި: މަޖިލީހުގެ އިދާރާ
3 ގަޑިއިރު ކުރިން

ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ
4 ގަޑިއިރު ކުރިން

ފ. ދަރަނބޫދޫ ފުޓްސަލް ދަނޑު ފަސްޓް ލޭޑީ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)