logo

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފި

profile

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 17:10

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފިއެވެ.

https://wamco.com.mv/

މިއީ 2014 ވަނަ އަހަރު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ޢަމަލުކުރަން ފެށި ފަހުން، ދައުލަތުގެ ހުރިހާ ވުޒާރާތަކުން މި މަޢުލޫމާތު ފުރިހަމައަށް ހާމަކުރި ފުރަތަމަ ފަހަރެވެ.

މި ގާނޫނު ތަންފީޒުކުރަން ފެށި ފަހުން މިހާތަނަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ 16 ވުޒާރާއަކުން ވަނީ ޤާނޫނާ އެއްގޮތަށް މި މަޢުލޫމާތުތައް ޝާއިއުކޮށްފައެވެ.

އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދެއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން މި މަސައްކަތް ފެށުމުގެ ކުރިން ވުޒާރާތަކުން ޝާއިއުކޮށްފައިވަނީ އެންމެ 34 އިންސައްތަ މަޢުލޫމާތެވެ.

ނަމަވެސް، ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ޤާނޫނުގެ ދަށުން އާންމުކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ވުޒާރާތަކުން އާންމުކޮށްފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރ އާހިދު ވަނީ ސަރުކާރުން މި މަޢުލޫމާތުތައް އާންމުކުރުމަށް ކުރެއްވި މަސައްކަތްތައް ބަލައިގަންނަވާފައެވެ.

އަދި މިއީ ކުރިއަށް އެޅުނު މުހިންމު ފެށުމެއްކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ވުޒާރާތަކުގެ މަޢުލޫމާތު ހާމަކުރުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެ ވުޒާރާތަކުގެ ދަށުން ހިނގާ އެކި އިދާރާތަކުން މިފަދައިން މަޢުލޫމާތު ޝާއިއުކުރުމަށް ކަމަށެވެ.

މީގެއިތުރުން، މަޢުލޫމާތުތައް ގަވާއިދުން އަދާހަމަކުރުމަށާއި، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ އާރު.ޓީ.އައި ހުށަހެޅުންތަކަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދާރީވާކަން ޔަޤީންކުރަންޖެހޭ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk