
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހްމަދު އެމްޑީޕީ އާއި ގުޅިވަޑައިގެންފި

މުޙައްމަދު ފަޟްލޫން - 07 ޖޫން 2026 - 18:30
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
އަބްދުﷲ އަހްމަދު އެމްޑީޕީއާ ގުޅިވަޑައިގަތީ މިރޭ ގދ. ތިނަދޫގައި ބޮޑު ބަދަލުގެ ނަމުގައި އެ ޕާޓީން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލުކުރެއްވި އަބްދުﷲ އަހްމަދު ވަނީ، އެމްޑީޕީއަށާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ.
ރައީސް ނަޝީދު ގެންދަވަނީ ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭންގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިންގަވައި ކެމްޕޭން ކުރައްވަމުންނެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ވިދާޅުވީ، އެމްޑީޕީއަކީ ނިދާފައި ބޭއްވޭނެ ޕާޓީއެއް ނޫން ކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް އެމްޑީޕީގެ ފިކުރާ ގާތް ބޭފުޅެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެ ޕާޓީން ކުރާ މުހިންމު މަސައްކަތްތަކުގައި އޭނާގެ ހިއްސާވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
އެމްޑީޕީ ނިންދަވާފައި ނުބޭއްވޭނެ! އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން

އާރުޓީއައި ގާނޫނުގެ ދަށުން އިދާރާތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ހާމަކޮށްފި
2 ގަޑިއިރު ކުރިން

ރައީސް ނަޝީދު ތިނަދޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި
5 ގަޑިއިރު ކުރިން

މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނީ ޖޫން 15 ގައި: މަޖިލީހުގެ އިދާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)