logo
ރައީސް ނަޝީދު ތިނަދޫ ސިޓީގައި އެމްޑީޕީގެ ދިދައެއް ހިއްޕައިގެން ހިންގަވަނީ: ވިދާޅުވީ އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށް!

ރައީސް ނަޝީދު ތިނަދޫ ސިޓީގައި އެމްޑީޕީގެ ދިދައެއް ހިއްޕައިގެން ހިންގަވަނީ: ވިދާޅުވީ އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމަށް!

އެމްޑީޕީ ނިންދަވާފައި ނުބޭއްވޭނެ! އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 07 ޖޫން 2026 - 17:10

ހުވަދު އަތޮޅުގެ ކޮންމެ ރަށަކަށް ވެސް އެމްޑީޕީގެ ލަޝްކަރު އަރަމުން ދާނެ ކަމަށާއި، އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ދގ ތިނަދޫ ސިޓީ އަށް ރައީް ނަޝީދާއި އެމަނިކުފާނުގެ ޓީމުން ކުރެއްވެވި ދަތުރު ފުޅުގައި ސަޕޯޓަރުންނާއި، ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަޑު ކަނޑުވާލުމަށް ސަރުކާރު ކޯލިޝަން ޓީމު ކުރާ މަސައްކަތް ފަހަތަށް ޖައްސާނެ ކަމަށެވެ.

އެމަނިކުފާނު ވަނީ އެމްޑީޕީގެ ވެރިކަން 2008 ވަނަ އަހަރު ނިމުމަށްފަހު އެޕާޓީގެ ފަރާތުން އޭރު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކަފުޅުތައް ތިނަދޫގެ ސިޓީގެ ސަޕޯޓަރުންނާއި ހިއްސާ ކުރައްވާފަ އެވެ.

ނަޝީދު އާޢި އެމަނިކުފާނުގެ ޓީމަށް އިޝާރާތް ކުރައްވައި ވިދާޅުވެލެއްވީ "އަޅުގަނޑުމެން ނެއް ނުސިހޭނެ ކަމަށާއި، އަޅުގަނޑުމެންނަށް އަނިޔާ ކުރެވިދާނެ އަދި އަޅުގަނޑުމެން މަރާވެސް ލެވިދާނެ. އެހެން ނަމަވެސް މި ފިކުރެއް (އެމްޑީޕީގެ ފިކުރެއް) ދެނެެއް މި ރާޢްޖެއަކުން ނުފޮހެވޭނެ ކަމަށެވެ.

އެމްޑީޕީ އަކީ ހުރިހައި ކަނޑަކަށް ވެސް ހެޔޮވަރު އޮޑިއެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ސަރުކާރަށް އަނެއްކާވެސް ބަހުގެ ހަމަލާ ތަކެއްވެސް އަމާޒު ކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީގެ ލީޑާ ޝިޕުގައި މިވަގުތު އިސްކޮށް މަސައްކަތް ކުރައްވާތަން ފެނުމުން ރައީސް ޑރ މުއިއްޒު އެކަމާއި ކަންބޮޑުވެލައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕޮީ އޮތީ ނިދާފައި ނޫން ކަމަށާއި، އެޕާޓީ ނިންދަވާފައި ނުބޭއްވޭނެ ކަމަށެވެ.

ތިނަދޫ ސިޓީން ވަނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމަށް ވަރަށޤ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk