logo

ރައީސް ނަޝީދު ތިނަދޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި

profile

ރިޟްވާން މޫސާ - 07 ޖޫން 2026 - 14:54

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ ތިނަދޫ ސިޓީ އަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށް ތިނަދޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

https://wamco.com.mv/

ރައީސް ނަޝީދުގެ ކެމްޕެއިން ގައި އެމަނިކުފާނުގެ ޓީމާއެކު ތިނަދޫ ސިޓީ އަށް މިއަދު ވަޑައިގަތީ މިއަދުގެ ހަވީރުގެ 16:00 ގަ އެވެ.

undefined

އެމަނިކުފާނަށް މަރުހަބާ ކިއުމަށްޓަކައި އެމްޑީޕީ އަށް ސަޕޯޓު ކުރައްވާ މެންބަރުންގެ އިތުރުން ވެސް ތިނަދޫ ސިޓީގެ ކުދި ބޮޑު ވަރަށް ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ކިއުމަށް ބައިވެރިވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ޓީމުން މިއަދު ތިނަދޫ ސިޓީ އަށް ވަޑައިގަތުމުގެ ކުރިން ތިނަދޫ ސިޓީގެ އެމްޑީޕީގެ ޓީމުން ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމާއި، ޖަލްސާ ބޭއްވުމަށް ވަރަށް ބޯޑަށް ތައްޔާރީތައް ވެފަ އެވެ.

undefined

މީގެ އިތުން ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ވަރަށް ހާއްސަ ޖަލްސާ އެއް މިރޭ 08:45 ގައި ތިނަދޫ ސިޓީ އެމްޑީޕީގެ ޖަގަހައިގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކރައްވައި ރައީސް ނަޝީދު ގެންދަވަނީ މުޅި ރާއްޖޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ވެސް ބައްދަލުކުރެއްވުމަށް ދަތުރުތައް ކުރައްވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk