logo

ޔޫކްރެއިން އިން ރަޝިޔާ އަށް ވަރުގަދަ ހަމަލާތަކެއް ދީފި

profile

ރިޟްވާން މޫސާ - 07 ޖޫން 2026 - 13:48

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ މެދުކެނޑުމެއްގައި އޮންނަތާ ދުވަސްތަކެއް ވުމަށްފަހު މިއަދު ޔޫކްރެއިނުން ރަޝިޔާ އަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއްދީފި އެވެ.

https://wamco.com.mv/

ޔޫކްރެއިން އިން ރަޝިޔާ އަށް ހަމަލާތަކެއް ދީފައި މިވަނީ ރަޝިޔާގެ ލިނިންގްރާދް ސަރަޙައްދުގައި ބޭއްވި ބައިނަލްއަޤުވާމީ އިޤުތިޞާދީ މަހާސިންތާއަކާ ދިމާކޮށް ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތާ ދިމާކޮށް، ރަޝިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ސެއިންޓް ޕީޓަރސްބަރގަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާތަކާ ގުޅިގެން، ގެދޮރުގައި ރައްކާތެރިވެ ތިބުމަށް އިދާރާތަކުން ވަނީ ސިޓީގެ ރައްޔިތުންނަށް އިރުޝާދުދީފައެވެ.

ދެގައުމުިގެ ދެމެދުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ މި ދަޑިވަޅުގައި ދެ ގައުމުގެ ރައީސުންގެވެސް ސުލްހައިގެ އެއްބަސްވުމެއްގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

އެހެެން ނަމަވެސް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައި ވިދާޅުވެފައެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ސެއިންޓް ޕީޓަރސްބަރގުގައި ބޭއްވި މަހާސިންތާއާ ދިމާކޮށް ޔޫކްރެއިނުން އެ ރަށަށް ޙަމަލާދިނުމަށް ފޮނުވައިލި 376 ޑްރޯން ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ. މީގެ ތެރެއިން 86 ޑްރޯން ވައްޓައިލާފައިވަނީ ލިނިންގްރާދްގެ ބަނދަރުތައް އޮންނަ ސަރަޙައްދުތަކުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk