
ވައި ބާރުވެ ކަނޑުތައް ގަދަވާތީ ލަންކާއިން ރެޑް އެލާޓް ނެރެފި!

ރިޟްވާން މޫސާ - 07 ޖޫން 2026 - 13:48
ސްރީ ލަންކާގެ އައްސޭރިފަށުގެ ބޮޑު ސަރަޙައްދެއްގައި އާދަޔާޚިލާފަށް ވައިބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ރެޑް އެލާޓް ނެރެފި އެވެ.
ލަންކާގައި ވަނީ މޫސުމީ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ ދަތުރު ފަތުރު ކުރުމުގައި ހާއްސަ ސަލާމުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އެ އިދާރާއިން އިންޒާރު ނެރެފައި ވަނީ ތިރުކޫނަމަލެއިން ފެށިގެން މުއްލައިއްތީވޫ މަގުން ކަންކަސަންތުރައިގެ ނިޔަލަށް، އަދި ކަލްޕިޓިޔާއިން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްގެ ނިޔަލަށް ހިމެނޭ ކަނޑުގެ ސަރަޙައްދަށެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ، ކަންކަސަންތުރައިން ފެށިގެން މަންނާރު މަގުން ކަލްޕިޓިޔާއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތައް ބައެއް ވަގުތުތަކުގައި އާދަޔާޚިލާފަށް ގަދަވާނެ ކަމުގައެވެ. އަދި، ގަޑިއަކު 60 އާއި 70 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.
މި އިންޒާރާއެކު ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، މަސްވެރިކަމަށް ފުރުން މަނާކޮށް، ކަނޑުމަތީގައި އެއްވެސް ޙަރަކާތެއް އިންތިޒާމުކުރުން ވެސް މަނާކޮށްފައެވެ. އާދީއްތަ ދުވަހުގެ ހެދުނު ސްރީ ލަންކާ ގަޑިން ހެނދުނު 6:30 އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 10:30 އާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
މީގެ އިތުރުން، ތިރުކޫނަމަލެއިން ފެށިގެން މުއްލައިއްތީވޫ މަގުން ކަންކަސަންތުރައަށް، އަދި ކަލްޕިޓިޔާއިން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތައް ވެސް ބައެއް ވަގުތުތަކުގައި ގަދަވެ، ގަޑިއަކު 50 އާއި 60 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެ ކަމުގައި އެ އިދާރާއިން އިންޒާރުކުރިއެވެ.
މީގެ އިތުރުން، މަންނާރުން ފެށިގެން ކޮލަމްބޯ، ގާލް އަދި ހަމްބަންތޮޓަ މަގުން ޕޮއްޓުވިލްއާ ހަމައަށް އޮތް ކަނޑުގެ ސަރަޙައްދުތަކުގައި ރާޅުގެ އުސްމިން 2.0 އާއި 2.5 މީޓަރަށް އުފުލުން އެކަށީގެންވާ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ އަށް އުދަ އަރައި ގެއްލުންތަކެއް ވެއްޖެ!
17 މިނިޓު ކުރިން
އިޒްރެއިލް ނޫން އެހެން ހުރިހައި ގައުމަކާ އެކު ވެސް ރާއްޖެއިން ގުޅުން ބާއްވާނަން: ރައީސް
24 މިނިޓު ކުރިން

"ގޮނޑި ކޮއްކޮ ސިޔާސަތު" މިގައުމަކަށް ބޭނުމެއް ނޫން: ރައީސް
3 ގަޑިއިރު ކުރިން

މިނިވަންކަންމަތީ އަބަދަށް، ހިނިތުންވެލީ 61 އަހަރު
3 ގަޑިއިރު ކުރިން


.gif&w=3840&q=75)