logo

އީރާނުން އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލައިފި

profile

އާމިނަތު ޝަޒްލާ - 27 މޭ 2026 - 04:15

އީރާނުގެ ވައިގެ ސަރަޙައްދަށް ޙަމަލާދިނުމަށް ވަދެއުޅުނު، އެމެރިކާގެ އަސްކަރީ ޑްރޯނެއް ވައްޓާލާފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރުޖީސީން ބުނެފިއެވެ.

https://wamco.com.mv/

އައިއާރުޖީސީން ބުނީ، އީރާނަށް ޙަމަލާދިނުމަށް މަސައްކަތްކުރި، އެމެރިކާގެ އެމްކިޔު-9 މަރުކާގެ އަސްކަރީ ޑްރޯނެއް ވައްޓާލާފައިވާ ކަމަށާއި، އަދި އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެއުޅުނު އެމެރިކާގެ އިތުރު ޑްރޯނަކާއި ހަނގުރާމަމަތީ މަތިންދާބޯޓެއް އީރާނުގެ ސަރަޙައްދުން ފަހަތަށް ޖެހެން މަޖުބޫރުކޮށްފައިވާކަމަށް ވެސް އައިއާރުޖީސީން ވަނީ ބުނެފައެވެ.

ހުރްމުޒް ކަނޑުއޮޅީގެ އައްސޭރިފަށުގައި އޮތް އީރާންގެ ބަނދަރުމަތީ ރަށްތަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް މިއަދު ވަނީ ދީފައެވެ.

އެމެރިކާއިން އީރާނަށް ޙަމަލާދީފައިވަނީ، ދެ ފަރާތުގެ މެދުގައި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް މި އަހަރުގެ އެޕްރީލުމަހުގެ 8 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަމުންދަނިކޮށެވެ. އަދި ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް ފެށްޓެވި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ވޮޝިންގޓަނާއި ތެހްރާނުން ސުލްޙައިގެ މަޝްވަރާތައް ވެސް ކުރަމުންދަނިކޮށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk