
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ވިލިނގިލި ޑްރަގް ނެޓްވޯކުގެ މީހުން ކަމަށް ތުހުމަތުކުރާ މީހުން ދޫކޮށްލަން އަންގައިފި

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 05:57
ގއ. ވިލިނގިލިއަށް ނިސްބަތްވާ ޑްރަގް ނެޓްވޯކުގެ އިސް މީހުން ކަމަށް ތުހުމަތު ކުރާ މީހުން ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން އަންގައިފިއެވެ.
ޑްރަގް ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ 4 މީހުން ވިލިނގިލިން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
ޝައްފާހު ލަތީފް ޝެވޯނާ، ގއ. ވިލިނގިލި
އަހުމަދު މަދީހު މިޔުޒިކީއާގެ، ގއ. ވިލިނގިލި
އަހުމަދު އަނާމް އިބްރާހިމް އައިޒަން، ގއ. ވިލިނގިލި
ނޫރުއްނިޒާމް އަރާއިރުގެ، ގއ. ވިލިނގިލި
އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެއީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށް އަދި މަނީލޯންޑަރިންގެ ކުށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އެ މައްސަލައިގަ ދައުވާކުރާ މުއްދަތު އިއްޔެއަށް ހަމަވެފައިވާ ކަމަށާއި މި މައްސަލައިގައި ލިބިފައިވާ ހެކިތައް ދިރާސާކުރިއިރު ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާ ކަމަށެވެ. އެއާއެކު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކޮށްލަން ފުލުހުންނަށް އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޖިނާއީ ބޮޑު ކުށެއްގެ ދައުވާ ނުކުރިޔަސް މި މައްސަލައިގައި ހައްޔަރު ކުރި މަދީހުއާ އަނާމް އަދި ޝައްފާހުގެ މައްޗަށް ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށް ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ނަމަވެސް، ނޫރުއްނިޒާމްގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ އޭނާގެ ބައި ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވިލިނގިލިއަށް ނިސްބަތްވާ އެ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވި ކަމަށެވެ.
މި 4 މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށާއި އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް
ރާއްޖޭގެ ހަ ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކޮށްފި
ގަޑިއިރެއް ކުރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި މީހުންގެ އަދަދު 758،753 އަށް އަރައިފި
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މާދަމާ ބާއްވަނީ
3 ގަޑިއިރު ކުރިން

މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން : ހުތުބާ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)