
އަހަރުގެ މިހާތަނަށް ރާއްޖެ އައި މީހުންގެ އަދަދު 758،753 އަށް އަރައިފި

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 10:11
އަހަރުގެ މިހާތަނަށް ރާއްޖެ އައި މީހުންގެ އަދަދު 758،753 އަށް އަރައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ޗައިނާ އިން ރާއްޖެއަށް މިހާތަނަށް 111،380 ފަތުރުވެރިން އައިސްފައިވެއެވެ.
ޗައިނާ އަށް ފަހު ރަޝިޔާއިން 95،645 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އިނގިރޭސިވިލާތުން 70،288 އައިސްފައިވާއިރު އިޓަލީ އިން 63،144 ފަތުރުވެރިން މިހާތަނަށް ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގައި މިހާރު 180 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 16 ހޮޓަލަކާއި، 939 ގެސްޓް ހައުސްގެ އިތުރުން، 172 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.
ސަރުކާރުގެ މިއަހަރުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން ޒިޔާރަތްކުރުމެވެ.


.jpg&w=3840&q=75)


.gif&w=3840&q=75)