logo
މ މުލި

މ މުލި

ޑެންގީ ހުން ޖެހިގެން 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 08:50

https://wamco.com.mv/

ޑެންގޫ ހުން ޖެހިގެން ފަރުވާ ދެމުންދިޔަ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ މ. މުއްޔަށް ނިސްބަތްވާ އާއިޝަތު އަންޖަލް މުމްތާޒެވެ. އޭނާ ނިޔާވީ މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ތިން ދުވަސް ވީފަހުން، ރޭގެ ވަގުތެއްގައެވެ.

އަންޖަލްގެ ކަށުނަމާދު ބާއްވާފައިވަނީ މިއަދުގެ ހުކުރު ނަމާދަށްފަހު، މުލީ މަސްޖިދުލް މުސާވާތުގައެވެ.

މީގެ އިތުރުން، މި ހިނގާ މަހުގެ 13 ވަނަ ދުވަހު ވެސް ށ. މިލަންދޫއަށް ނިސްބަތްވާ 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގޫ ހުން ޖެހިގެން މަރުވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk