
މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން : ހުތުބާ

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 08:50
މުސްލިމެއްގެ ދިރިއުޅުމުގެ އެންމެ ވަރުގަދަ ބިންގަލަކީ ސާފުތާހިރުކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކުރައްވައިފިއެވެ.
މިގޮތުން ނަމާދުގެ މަތިވެރި އަޅުކަމަށް ކުރިމަތިލަނީ ވުޟޫކޮށް ޠާހިރުވެގެން ކަމާއި، ކީރިތި ޤުރުއާން ކިޔަވައި އުޅެނީވެސް ޠާހިރުކަންމަތީގައި ހުރެގެންކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.
އިންސާނާގެ ހަށިގަނޑާއި، ފޭރާމާއި، ދިރިއުޅޭ މާޙައުލު ސާފުތާހިރުކޮށް ބެހެއްޓުމަކީ ހަމައެކަނި އާދަކާދައިގެ ތެރެއިން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.
ހަމައެއާއެކު، ޙަޤީޤީ ސާފުތާހިރުކަމަކީ ހިތުގެ ޠާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއް ނޫންކަންވެސް ބަޔާންކުރެއްވިއެވެ.
ޝިރުކާއި، ޙަސަދަވެރިކަމާއި، ވަސްވާސްތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ޒީނަތްތެރިކުރުމަކީ، ގަނޑުވަރެއްގެ ބޭރުފުށް ރީތިކޮށްފައި އޭގެ އެތެރެ ކުނިގޮނޑަކަށް ހެދުން ފަދަ ކަމެއްގެ ގޮތުގައި ޚުޠުބާގައި ސިފަކުރެއްވިއެވެ.
ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ.
މި ސާފުކަން ދެމެހެއްޓުމަށްޓަކައި، މާތް ނަބިއްޔާ ވަނީ ފިޠުރަތުގެ ސުންނަތްތައް އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައެވެ.
ވަކިން ހާއްސަކޮށް، މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ މަތިވެރި ބިންތަކަށް ވީހިނދު، އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށްވެސް އުނދަގޫފުޅުވާނެތީ، ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވުމަށް ޚުޠުބާގައި އިލްތިމާސްކުރެއްވިއެވެ.
އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެވެ. އެހެންކަމުން، ލައިއުޅޭ ފޭރާމާއި ދިރިއުޅޭ ގެދޮރު ސާފުކޮށް ބެހެއްޓުމާއެކު، މާތްﷲ އެންގެވި ގޮތަށް އަމަލުތައް ސީދާކޮށް، އެތެރެފުށާއި ބޭރުފުށް އެއްގޮތްކުރުމަކީ މުސްލިމެއްގެ ޝަޚްޞިއްޔަތު ފުރިހަމަވެގެންދާނެ ގޮތް ކަމުގައި މިއަދުގެ ޚުޠުބާ ނިންމަވައިލައްވަމުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ މެޖިސްޓްރޭޓް ޢަލީ ޝަފީޤް، އަވަހާރަވުމުގެ ހިތާމައިގަ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
13 ގަޑިއިރު ކުރިން

ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް، ވެކްސިން ދިނުން ކުރިއަށް!
13 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާ މުދަލާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
13 ގަޑިއިރު ކުރިން

މާމަކާފަ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ
14 ގަޑިއިރު ކުރިން


