logo

ކުށްކޮށްގެން ހޯދާ މުދަލާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި

profile

މުޙައްމަދު ފަޟްލޫން - 25 އޯގަސްޓު 2026 - 12:56

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނަހަމަ ގޮތުގައި ހޯދާ މުދާ އަތުލައިގަނެ، އެ މުދަލުން އިތުރު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު ބަންދުކުރުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ. އަދި މި ޤާނޫނުގެ ސަބަބުން ކުށްކޮށްގެން މުއްސަނދިވުން ހުއްޓުވުމަށް ބާރުއެޅިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް އަނބުރާ ހޯދުމުގައި މިހާރު ދިމާވާ ޤާނޫނީ ހުރަސްތަކަށް މި ބިލުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި އަދި ރަސްމީކޮށް ތާވަލުކޮށްފައި ނުވާއިރު، ބިލުގައި ހިމެނޭ ތަފްސީލީ ކަންކަން އަދި ޢާންމުކޮށްފައެއް ނުވެއެވެ.

މަނީ ލޯންޑްރިންގ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ޕްރޮސިކިއުޝަނުން މިހާރުވެސް އެދެމުންދެއެވެ. ނަމަވެސް، މިހާރު ޢަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން އެފަދަ އަމުރުތައް ނެރުމުގައި ކޯޓުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އެގޮތުން، މިފަދަ މައްސަލަތަކުގައި ފައިސާ ދައުލަތަށް ނެގުމަށް ކޯޓުތަކުން އަމުރުކުރި ނަމަވެސް، މުދާ ދައުލަތަށް ނެގުމަށް އަމުރުކުރަނީ ވަރަށް މަދު ޙާލަތްތަކެއްގައެވެ.

https://wamco.com.mv/
tel:+9607331319