.jpg&w=3840&q=75)
ކުރީގެ މެޖިސްޓްރޭޓް ޢަލީ ޝަފީޤް، އަވަހާރަވުމުގެ ހިތާމައިގަ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 13:11
ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގެ އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ބޮޑު ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ޢާއިލާއަށާއި، ރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވާފައެވެ.
ޝަރުޢީ ދާއިރާގައި ދިގު މުއްދަތަކަށް ކޮށްދެއްވި ޚިދުމަތްތަކުގެ އިތުރުން، މަރްޙޫމް ޢަލީ ޝަފީޤަކީ ދ. މީދޫ އަދި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަތިވެރި މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި ބޭފުޅެކެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ޢަލީ ޝަފީޤަކީ ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، އަދި މުޖުތަމަޢުގެ އިޙްތިރާމް ފުޅާ ދާއިރާއެއްގައި ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް، ވެކްސިން ދިނުން ކުރިއަށް!
14 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާ މުދަލާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
15 ގަޑިއިރު ކުރިން

މާމަކާފަ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ
15 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ސްކޭމްތަކަށް ދިޔަ ފައިސާގެ %48 ސަލާމަތްކުރެވިއްޖެ: ފުލުހުންގެ ބޮޑު ކާމިޔާބީއެއް!
15 ގަޑިއިރު ކުރިން


