.jpeg&w=3840&q=75)
ސްކޭމްތަކަށް ދިޔަ ފައިސާގެ %48 ސަލާމަތްކުރެވިއްޖެ: ފުލުހުންގެ ބޮޑު ކާމިޔާބީއެއް!

އާމިނަތު ޝަޒްލާ - 25 އޯގަސްޓު 2026 - 12:53
މިދިޔަ ހަފުތާގައި މަކަރާއި ޙީލަތުން ފައިސާ ހޯދުމުގެ 39 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ 48.66 އިންސައްތަ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 16 އިން 22 އަށް ރިޕޯޓުކޮށްފައިވާ މި މައްސަލަތަކުގައި ޢާންމުންގެ އަތުން ޖުމްލަ 457،776.96 (ހަތަރު ލައްކަ ފަންސާސް ހަތް ހާސް ހަތްސަތޭކަ ހަތްދިހަ ހަ ރުފިޔާ ނުވަދިހަ ހަ ލާރި) ވަނީ ގެއްލިފައެވެ. ނަމަވެސް، ކަމާގުޅުންހުރި މުއައްސަސާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، އޭގެ ތެރެއިން 222،755.20 (ދެ ލައްކަ ބާވީސް ހާސް ހަތްސަތޭކަ ފަންސާސް ފަސް ރުފިޔާ ވިހި ލާރި) ވަނީ އަނބުރާ ހޯދިފައެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
މި މުއްދަތުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 5 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައިން ހިންގާފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ "އީ-ކޮމާސް" އާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން މިފަދަ 13 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނެ ހިންގި 10 މައްސަލަ އާއި ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ފައިސާ ހޯދި 5 މައްސަލަ އާއި ބުކިންގ ކެންސަލްކުރުން ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 4 މައްސަލައަކާއި، ކުރު މުއްދަތެއްގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ ހިންގި އިންވެސްޓްމަންޓް 2 ސްކޭމްގެ އިތުރުން އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 5 މައްސަލައެވެ.
ފުލުހުން ދަނީ މިފަދަ މަކަރާއި ޙީލަތުގެ މައްސަލަތަކަށް ޢާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ކުރީގެ މެޖިސްޓްރޭޓް ޢަލީ ޝަފީޤް، އަވަހާރަވުމުގެ ހިތާމައިގަ ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
15 ގަޑިއިރު ކުރިން

ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް، ވެކްސިން ދިނުން ކުރިއަށް!
15 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާ މުދަލާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފި
15 ގަޑިއިރު ކުރިން

މާމަކާފަ ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވަނީ
15 ގަޑިއިރު ކުރިން


