ރާއްޖޭގެ ހަ ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކޮށްފި

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 12:06
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހަ ރަށެއްގައި އަލަށް ފިއުލް ސްޓޭޝަންތައް ގާއިމުކޮށް، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އަތޮޅުތެރޭގައި ތެޔޮ ލިބުމުގެ ދަތިކަމާއި އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި މަޝްރޫޢުގެ މައިގަނޑު މަގުސަދެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، މިހާތަނަށް ހަ ރަށެއްގައި ވަނީ މުޅިން އަލަށް މި ޚިދުމަތް ތައާރަފުކޮށްފައެވެ.
މި ޚިދުމަތް އަލަށް ފެށި ރަށްތަކުގެ ތެރޭގައި ހިމެނެނީ:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ރ. ދުވާފަރު
ބ. އޭދަފުށި
ފ. ނިލަންދޫ
ދ. ކުޑަހުވަދޫ
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޯރޭޖް ހުޅުވާފައިވަނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ރ. ދުވާފަރުގައެވެ.
ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމުކުރުމަށް އަމާޒު ހިފާފައިވާ މި މަސައްކަތަކީ، އަތޮޅުތެރޭގެ އިގްތިސާދީ ދުވެލި ހަލުވިކޮށް، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ބޭނުންވާ ތެޔޮ އެކަށީގެންވާ އަގުތަކެއްގައި ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ފެށި މުހިންމު މަސައްކަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަހަރުގެ މިހާތަނަށް ރާއްޖެ އައި މީހުންގެ އަދަދު 758،753 އަށް އަރައިފި
4 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މާދަމާ ބާއްވަނީ
4 ގަޑިއިރު ކުރިން

މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން : ހުތުބާ
5 ގަޑިއިރު ކުރިން

ޑެންގީ ހުން ޖެހިގެން 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)