.jpg&w=3840&q=75)
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ މާދަމާ ބާއްވަނީ

މުޙައްމަދު ފަޟްލޫން - 24 އޭޕްރީލު 2026 - 10:10
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެ ނިމިއްޖެއެވެ.
ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
މި އިންތިހާބުގެ ވޯޓު ފޮށިތައް ހިތަދޫ އުތުރު ދާއިރާގެ އިތުރުން މާލޭގައި ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރައިމަރީގެ އެންމެހާ އިންތިޒާމުތަކާއި ހިންގުމުގެ ކަންކަން ބަލަހައްޓާނީ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީންނެވެ.
އިންތިޚާބުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތައް އެ ކޮމިޓީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ޕީއެންސީން ބުނެއެވެ.
މި ދާއިރާގެ ޓިކެޓަށް ވާދަކުރައްވަނީ ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް
ރާއްޖޭގެ ހަ ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމްކޮށްފި
5 މިނިޓު ކުރިން

އަހަރުގެ މިހާތަނަށް ރާއްޖެ އައި މީހުންގެ އަދަދު 758،753 އަށް އަރައިފި
2 ގަޑިއިރު ކުރިން

މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަން : ހުތުބާ
3 ގަޑިއިރު ކުރިން

ޑެންގީ ހުން ޖެހިގެން 17 އަހަރުގެ ޒުވާނަކު މަރުވެއްޖެ
3 ގަޑިއިރު ކުރިން


.gif&w=3840&q=75)