logo

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ: އެމްޕީއެލް

profile

މުޙައްމަދު ފަޟްލޫން - 19 ޖޫން 2026 - 08:22

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، އަވަހަށް ހަލާކުވާ ފަދަ މުދާ މާލޭ ވިޔަފާރި ބަނދަރުން ކްލިއަރކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ޚާއްޞަ އުސޫލުގެ ދަށުން، މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 23:30 އާ ހަމައަށް މުދާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ނިމިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޕީއެލް އިން ވަނީ 1,823 ޓީއީޔޫސްގެ މުދާ އަންލޯޑްކޮށް، 1,692 ޓީއީޔޫސް ލޯޑްކޮށްފައެވެ. މީގެ އިތުރުން، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ 51,528 ޕެކޭޖު ބަނދަރުން ކްލިއަރކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk