logo

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި

profile

އާމިނަތު ޝަޒްލާ - 19 ޖޫން 2026 - 12:01

މަންމައަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހއ. ހޯރަފުށި، ކޮތަރިވިލާ، އުމުރުން 36 އަހަރުގެ މުހައްމަދު ސުނާހް، ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ސުނާހްގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސުނާހް އޭނާގެ މަންމަގައިގަ ތަޅާ އަނިޔާކުރުމަށްފަހު، މަރާލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދެއްކި ކަމުގެ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް، ކޯޓުގައި ސުނާހް ވަނީ އޭނާގެ މަންމަގެ ގައިގައި ޖަހާފައިނުވާނެ ކަމަށް ބުނެ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މީގެ އިތުރުން، ކޯޓު އަމުރުން އެނގޭ ގޮތުގައި ސުނާހް އަކީ މީގެ ކުރިންވެސް ހައްޔަރުކުރުމާއި ބަންދުކުރުމުގެ ގިނަ ރެކޯޑްތަކެއް އޮތް މީހެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk