
ތެލުގެ އަގު އުފުލެން ފަށައިފި

މުޙައްމަދު ފަޟްލޫން - 19 ޖޫން 2026 - 11:47
ލުބުނާނަށް އިސްރާއީލުން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އަނެއްކާވެސް އުފުލެން ފަށައިފިއެވެ.
ތެލުގެ އަގަށް މި ބަދަލު އަންނަން މެދުވެރިވީ، އިސްރާއީލުގެ އުދުވާނާ ގުޅިގެން މަޝްރަހު ގޯސްވެ، އެމެރިކާ އާއި އީރާނާ ދެމެދު ވެވުމަށް ތައްޔާރުވަމުންދިޔަ އެއްބަސްވުމާމެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު ވަޒަންކުރާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު މިއަދު ވަނީ 0.65 އިންސައްތަ އިތުރުވެފައެވެ. އެގޮތުން އޮގަސްޓް މަހަށް ސަޕްލައިކުރާ ތެލުގެ ފީފާއެއްގެ އަގު މިހާރު ހުރީ 80.37 ޑޮލަރުގައެވެ. މިއީ މިދިޔަ ބުދަ ދުވަހަށްފަހު ތެލުގެ އަގު 80 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
މެދުއިރުމަތީގެ މަޝްރަހު އިތުރަށް ނުތަނަވަސްވީ، އިސްރާއީލުން ލުބުނާނަށް ދިން ސިލްސިލާ ހަމަލާތަކެއްގައި 16 މީހަކު މަރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ހިޒްބުﷲ ޖަމާއަތާއި ޔަހޫދީ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ހާމަކޮށްފައެވެ. މި ހަމަލާތަކާ ގުޅިގެން، ސުވިޒަލޭންޑުގައި ބޭއްވުމަށް ރޭވިފައި އޮތް އެމެރިކާ އާއި އީރާނުގެ މަތީ ފަންތީގެ ބައްދަލުވުންވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ހާލަތަށް ބަލާއިރު، ބައެއް އުޅަނދުފަހަރު ދަތުރުކުރަން ފެށި ނަމަވެސް، މަޝްރަހު އޮތްގޮތުން ދަތުރުފަތުރުގެ ނިސްބަތް އާންމު ހާލަތަށްވުރެ އަދިވެސް ވަރަށް ބޮޑަށް ދަށެވެ.
ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު އެވްރެޖްކޮށް 120 އާއި 130 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު އެ ސަރަހައްދު ހުރަސްކުރި ނަމަވެސް، މިހާރު 500 އަށްވުރެ ގިނަ އުޅަނދު ވަނީ ކަނޑުއޮޅިން ބޭރުނުވެވި ތާށިވެފައެވެ.
ކަނޑުއޮޅި ހުޅުވާލުމަށް އީރާނާއި އެމެރިކާއިން އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށް އަމާޒުކޮށް 46 ހަމަލާއެއް ދީފައިވާއިރު، މި ހަމަލާތަކުގައި 14 ފަޅުވެރިއަކު ވަނީ ފުރާނަ ތަޅާފައެވެ.
ޓޭންކަރުތައް އޮޕަރޭޓްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަޓޭންކޯއިން ފާހަގަކުރި ގޮތުގައި، ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިފައިވާ ސާފު ފިޔަވަޅުތަކެއް ނެތް ނަމަ، އެ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

މަންމަ ގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ބަންދުކޮށްފި
ގަޑިއިރެއް ކުރިން

ވިލިމާލޭ ތަރައްޤީއާ ލާބައަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މިހާރުގެ ސަރުކާރުން: މުޙައްމަދު އިސްމާޢީލް
2 ގަޑިއިރު ކުރިން

ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ ތަމްރީނުތައް ފަށައިފި
2 ގަޑިއިރު ކުރިން

މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ: ރައީސް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)