logo
ފެނަކަ ކޯޕަރޭޝަންގެ ނަންބޯޑު---

ފެނަކަ ކޯޕަރޭޝަންގެ ނަންބޯޑު---

މަހިބަދޫ ފެނަކައިގެ 11 މުވައްޒަފަކު ވަކިކުރުމުން ކައުންސިލްގެ ކަންބޮޑުވުން!

profile

ޖިނާން ޙުސައިން ޖަބީން - 08 ނޮވެމްބަރު 2026 - 13:53

އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގައި ހުންނަ ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުންދިޔަ 11 މުވައްޒަފަކު އެއްވެސް އިންޒާރެއް ނުވަތަ ނޯޓިސްއެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން މަހިބަދޫ ކައުންސިލުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން މަހިބަދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތްކުރަމުންދިޔަ 11 މުވައްޒަފަކު އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ.

undefined

ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކުއްލި ގޮތަކަށް އަދި އެއްވެސް އިންޒާރެއް ދިނުމެއް ނެތި ރައްޔިތުންތަކެއްގެ ވަޒީފާ ގެއްލިގެން ދިޔުމަކީ އެ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކުގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ދަތިތަކާއި ހީނަރުކަން ކުރިމަތިވާނޭ ކަމެކެވެ.

އެހެންކަމުން، މިފަދަ ފިޔަވަޅުތައް އެޅުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ވަޒީފާއާބެހޭ ޤާނޫނާއި މުވައްޒަފުންނާބެހޭ ޤަވާއިދުތަކުގައިވާ ގޮތުގެ މަތިން އިންސާފުވެރިކަމާއެކު ޢަމަލުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ވަޒީފާ އަލުން އަނބުރާ އިޢާދަކޮށްދިނުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް މަހިބަދޫ ކައުންސިލުން ވަނީ ގޮވާލާފައެވެ.

ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާތަކުން ވަކިކުރަމުންދާ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ. ވަކިން ޚާއްޞަކޮށް، އަތޮޅުތަކުގެ އެކި ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނަކަ ބްރާންޗުތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާތީ، އާންމުންނާއި ގިނަ ރަށްރަށުގެ ކައުންސިލްތަކުން ވެސް ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319