ލ. ހިތަދޫ އިން ކަރަންޓު ކެނޑޭތީ އެ މައްސަލަ މަޖިލީހަށް ހުށައަޅައިފި!

ރިޟްވާން މޫސާ - 15 ޖުލައި 2026 - 08:06
ލ. ހިތަދޫ އިން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑެމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީ އިން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީ އެއް ފޮނުއްވައިފި އެވެ.
އެ ރަށުގައި ބޭނުންކުރާ 3 ޖެނެރޭޓަރުގެ ތެރެއިން ދެ ޖެނެރޭޓަރު މައްސަލަޖެހި، ހަލާކުވެފައިވުމުގެ ސަބަބުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކެނޑި، ރަށުގެ ރައްޔިތުން އަންނަީ އިންތިހާ އަށް ދަތި އުނދަގޫތަކެއް ތަހައްމަލު ކުރަމުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

މެންބަރު ފޮނުއްވި ސިޓީގައި ބުނީ ލ. ހިތަދޫގެ ކަރަންޓުގެ ޚިދުމަތަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މި އަހަރު ފެށުނީއްސުރެ ރަށުގެ ރައްޔިތުން އަންނަނީ ސަރުކާރުގެ ސަމާލު ކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށެވެ.
މެންބަރު ވިދާޅުވީ މި މައްސަލައިގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގެދޮރުގައި ބޭނުންކުރާ އަގުބޮޑު އިލެކްޓްރޯނިކް ސާމާނުތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބެމުން ދާކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް މި މައްސަލައަށް އެދެވޭ ހައްލެއް ލިބިފައި ނުވާ ކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

މަހިބަދޫ ފެނަކައިގެ 11 މުވައްޒަފަކު ވަކިކުރުމުން ކައުންސިލްގެ ކަންބޮޑުވުން!
2 ގަޑިއިރު ކުރިން

މޭ އައްޑަނައަކަށް ދިއްކޮށްގެން ވެސް ރަސްމާލެ މަޝްރޫޢު ހުއްޓުވާނަން: މޮސްޓާ
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
އެމެރިކާގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި
8 ގަޑިއިރު ކުރިން
.webp&w=3840&q=75)
އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
10 ގަޑިއިރު ކުރިން


