
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ރޭ މާލޭގައި ބޭއްވި ކުއްލި އިހުތިޖާޖުގެ ހަރަކާތުގައި ވާހަކަ ދައްކަވަނީ، ފޮޓޯ: އަސްލު ޓީވީ
މޭ އައްޑަނައަކަށް ދިއްކޮށްގެން ވެސް ރަސްމާލެ މަޝްރޫޢު ހުއްޓުވާނަން: މޮސްޓާ

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 10:03
ދިވެހިރާއްޖޭގެ މިނިވަންކަމާއި ބިން ސަލާމަތްކުރުމަށްޓަކައި މޭއައްޑަނައަކަށް ދިއްކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްގެން ވެސް އަދި ފަތާފައި ގޮސްގެން ވެސް ރަސްމާލެ މަޝްރޫޢު ހުއްޓުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
މޮސްޓާ މިހެން ވިދާޅުވީ "ދިވެހިންގެ ބިން ދިވެހިންނަށް" މި ނަމުގައި ރޭ މާލޭގައި ބޭއްވި ކުއްލި އިހުތިޖާޖުގެ ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
އޭނާގެ ވާހަކައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މޮސްޓާ ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޒަޔަނިސްޓުންނަށް ރާއްޖެއިން ބިން ވިއްކާލައި، އަބްރަހަމް އެކޯޑުގެ ތެރެއިން އެ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ މުޢިއްޒުއަކަށް، އަލައްބާރަކަށް ނުވަތަ ޒަޔަނިސްޓުންނަކަށް ގަނެވޭނެ ބައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތާރީޚުގައި ވެސް ރާއްޖެ ވެއްޓުނު ކޮންމެ އަނދަވަޅަކުން ގައުމު ސަލާމަތްކުރީ ދިވެހި ދަރިންކަން ފާހަގަކުރައްވަމުން މޮސްޓާ ވިދާޅުވީ، ކާބަފައިން ހޮޅިންނާއި މަލާބާރީންގެ ކިބައިން ގައުމު ސަލާމަތްކުރި ފަދައިން މިއަދުވެސް މި ގައުމު ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އަދި ގައުމަށް ޚިޔާނާތްތެރިވާ ފަރާތްތައް ހޯދައި، ހައްޔަރުކޮށް، ދިގު މުއްދަތަކަށް ޖަލަށްލުމަށް އަދުލު އިންސާފު ގާއިމުކުރާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުގެ ވެރިންނަށް އިންޒާރު ދެއްވާފައެވެ.
މޮސްޓާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ތާރީޚުގައި އަބްޠާލުން ކުރެއްވި ޖިހާދުން މިސާލު ނަގައި، ޤައުމުގެ ސަލާމަތަށްޓަކައި އަނެއްކާވެސް ނުކުންނަން ޖެހިފައިވާ ކަމަށާއި، ޒަޔަނިސްޓުންނަށް މި ޤައުމުގައި ފުރުޞަތު ނުދެވޭނެ ކަމަށް ބުނެ އަޑުއުފުލަމުން، މޮސްޓާ ވަނީ ސަރުކާރުގެ ވެރިންގެ ބަހާއި ޢަމަލާ ދިމާނުވާ ކަމަށާއި ކަންކަމުގައި ދެފުށްދެގޮތް ސިޔާސަތެއް ގެންގުޅޭ ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މީގެއިތުރުން، ހުޅުމާލޭގައި މީޑިއާ ވިލެޖު ހެދުމަށް ހުވަފެންތައް ދައްކަމުންދިޔަ ކަމަށައި، ބޭރުގެ އިންވެސްޓަރުންނާއި ދުބާއީގެ މަޝްރޫޢުތައް ދައްކައިގެން ޒުވާނުންނާއި ނޫސްވެރިންގެ ވިސްނުން ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބައެއް ފަރާތްތަކަށް ނުފޫޒު ފޯރުވި ނަމަވެސް، ރައްޔިތުންގެ ވިސްނުމާ ކުޅެ، ޤައުމުގެ މަސްލަޙަތު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމަށްވެސް މޮސްޓާ ވަނީ ބުނެފައެވެ.
މީގެއިތުރުން، މި މަހުގެ 17 ވަނަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމާ ދެކޮޅަށް ހުރިހާ ރައްޔިތުން އަޑުއުފުލުމަށް މޮސްޓާ ގޮވާލެއްވިއެވެ. އަދި އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ މެންބަރުން މިކަމުގައި އިސްނަގައިގެން މަގުމައްޗަށް ނުކުތުމަށާއި، ފުލުހުންނާއި ސިފައިން އަދި ސަރުކާރު މުވައްޒަފުންވެސް ގައުމީ މަސައްކަތެއްގެ ގޮތުގައި މި އިހުތިޖާޖުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
މޮސްޓާ ހާމަކުރެއްވި ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ކޮންމެ ރެޔަކު 9:00 އިން 11:00 އަށް މި އިހުތިޖާޖު ކުރިއަށްދާނެއެވެ. އަދި 13 ވަނަ ދުވަހު ވަރަށް ބޮޑު އިހުތިޖާޖެއް ބާއްވާނެ ކަމަށާއި، މި އެއްބަސްވުން ހުއްޓުވެންދެން މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ނޫސްވެރިންނަށް ދަތުރުތައް ދީގެން ރައްޔިތުންގެ ސިކުނޑިތަކާ ކުޅެން މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
އެމެރިކާގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި
4 ގަޑިއިރު ކުރިން
.webp&w=3840&q=75)
އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
6 ގަޑިއިރު ކުރިން

ވަޒީރުން ބަދަލުވުން ފިޔަވައި ޞިއްޙަތަކަށް ލުޔެއް ނެތް!
7 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢު: ދިވެހިންނަށް ރިބާ، އަލްޢައްބާރަށް ޒަކާތުގެ ފައިސާތޯ؟: ޒަމްޒަމް ފާރިޝް
ދުވަހެއް ކުރިން


