logo
މީރާ، ފޮޓޯ: ސޯޝަލް މީޑިއާ

މީރާ، ފޮޓޯ: ސޯޝަލް މީޑިއާ

އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

profile

އާމިނަތު ޝަޒްލާ - 08 ނޮވެމްބަރު 2026 - 05:54

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 3.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 1.64 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު 1.54 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 6.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މީގެއިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނު އާމްދަނީއަށްވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން، މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.68 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.56 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ މިދިޔަ އަހަރަށްވުރެ 7.6 އިންސައްތަ އިތުރު ޢަދަދެކެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ޖުމްލަ 3.32 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 3.11 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 6.8 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔުމަކީ މި އާމްދަނީ އިތުރުވެގެން ދިޔަ މައިގަނޑު ސަބަބެވެ.

ރާއްޖޭގެ އެއާޕޯޓްތަކުން ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށާފައިވަނީ 1 ޖެނުއަރީ 2022 ގައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްޤީގެ މަޝްރޫޢުތަކަށް އަމާޒުކޮށްގެން، އެ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން 1 މެއި 2017 އިން ފެށިގެން ނަގަމުން އަންނަ ފީއެކެވެ.

https://wamco.com.mv/
tel:+9607331319