logo

ފެނަކައިގެ ކޮރަޕްޝަނާއި ހިޔާނާތް ހިމެނޭ މައްސަލަތައް ތަހުގީގްކުރަން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 28 ޖުލައި 2026 - 10:31

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކާ ގުޅޭގޮތުން ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގގެ މައްސަލަތައް ތަހުގީގު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ނިންމުމަކީ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވި ސީރިއަސް ކަންތައްތަކަށް ރިޢާޔަތްކޮށް މަޖިލީހުން ނިންމި ނިންމުމެކެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަވި ގޮތުގައި، ކުންފުންޏަށް ބޮޑެތި މާލީ ގެއްލުންތައް ލިބޭ ގޮތަށް ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.

77 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ނުލިބި ހުރިކަމާއި، ކުންފުނީގެ މުވައްޒަފުންގެ އާއިލީ މަސްލަހަތު އޮންނަ ވިޔަފާރިތަކުން މުދާ ގަތުމާއި، ލިޔެކިޔުންތައް އޮޅުވާލައިގެން ނުހައްގުން ފައިސާ ހޯދާފައިވާކަން އޮޑިޓުން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލަތަކާ ގުޅިގެން އޭރުގެ ބޯޑު މެންބަރުންނާއި އިސްވެރިން ޒިންމާދާރުކުރުވުމުގެ ގޮތުން، އެ ފަރާތްތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ހުށަހެޅުމަށް މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، ފެނަކައިގެ ޕްރޮކިއުމަންޓް އުޞޫލުތައް އިޞްލާޙުކުރުމަށް ލަފާދިނުމާއެކު، މުވައްޒަފުންގެ އާއިލީ އެކައުންޓުތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑަރިންގ ގެ ހާއްސަ ތަހުގީގެއް ހިންގަން މަޖިލީހުން ވަނީ ނިންމާފައެވެ.

މިއީ ކުންފުނީގެ މާލީ ނިޒާމުގެ ތެރެއިން ހިންގާފައިވާ ނޭދެވޭ އަމަލުތައް ހޯދައި ބެލުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

މި ތަހުގީގުތައް ކުރިއަށްދާ މިންވަރު ބެލުމަށްޓަކައި، ކޮންމެ މަހަކު އެއްފަހަރު ތަހުގީގީ އިދާރާތަކުން މަޖިލީހަށް މައުލޫމާތު ހިއްސާކުރުމަށް ވެސް މި ނިންމުމުގައި ހިމަނާފައިވެއެވެ.

https://wamco.com.mv/
tel:+9607331319