logo
ފަތުރުވެރިންތަކެެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

ފަތުރުވެރިންތަކެެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި

މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 އޮކްޓޯބަރު 2026 - 12:29

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ.

ޗައިނާއިން މިހާތަނަށް 317,524 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ޗައިނާ އަށް ފަހު ރަޝިޔާ އިން 239,816 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިނގިރޭސިވިލާތުން 125,051 ފަތުރުވެރިން، ޖަރުމަނުވިލާތުން 107,870 ފަތުރުވެރިން، އިޓަލީވިލާތުން 101,031 ފަތުރުވެރިން އަދި އިންޑިއާއިން 95,449 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ހިސާބުތަކަށް ބަލާއިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,863 ފަތުރުވެރިން ރާއްޖެ އެތެރެވަމުންދެއެވެ.

ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު ތަންތަނުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ރިސޯޓްތަކެވެ.

1.3 މިލިއަން ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 360,016 ފަތުރުވެރިން އަދި ހޮޓާތަކުގައި 37,514 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މިވަގުތު 184 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 932 ގެސްޓްހައުސް އަދި 166 ސަފާރީ އުޅަނދު އަންނަނީ ހިދުމަތް ދެމުންނެވެ.

https://wamco.com.mv/
tel:+9607331319