logo
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، "މަސްޖިދުނާ ޕްރޮޖެކްޓް"  "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާޙު ކުރުމުގެ ހަފްލާގައި

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، "މަސްޖިދުނާ ޕްރޮޖެކްޓް" "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާޙު ކުރުމުގެ ހަފްލާގައި

"މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއް!

profile

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 12:23

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑާ ދެމެދު، އުރީދޫގެ "މަސްޖިދުނާ ޕްރޮޖެކްޓް" ގެ ދަށުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކުރުމާއި އަދި ތަރައްޤީކުރުމުގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށްޓަކައި ފަހުމުނާމާއެއް (އެމް.އޯ.ޔޫ)ގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.

މި ފަހުމުނާމާގެ ސަބަބުން، ރާއްޖޭގައި މިސްކިތްތައް މަރާމާތުކުރުމާއި، ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން އެއާ ގުޅުންހުރި އެކި މަސައްކަތްތައް ސަރުކާރާއި އުރީދޫ ދެމެދު ގުޅިގެން އިންތިޒާމުކުރެވިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްއިން ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު)ގެ ދަށުން ހިންގާ "މަސްޖިދުނާ ޕްރޮޖެކްޓް" އިފްތިތާޙްކޮށްފައިވަނީ ދިވެހިރާއްޖޭގައި އޮތް ދީނީގޮތުންނާއި އިޖުތިމާޢީގޮތުން މުހިންމު ބިނާތަކުގެ އެހީތެރިކަމަށް އިސްކަންދީ، އިޖުތިމާޢީ މުޖުތަމަޢުތަކަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައެވެ. އަދި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތައް ކޮށްދިނުމަށް މި މަޝްރޫޢުގެ ދަށުން އިސްކަންދެވޭނެއެވެ.

https://wamco.com.mv/
tel:+9607331319