logo
އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި

އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު، އައްޑޫ ސިޓީ ކައުންސިލް އިދާރާގައި

އައްޑޫގެ ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމުގެ ކޮންސަލްޓެންސީއަށް އަލުން ފުރުސަތު ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 15 އޮކްޓޯބަރު 2026 - 12:25

އައްޑޫ ސިޓީގެ 10 އަހަރު ދުވަހުގެ ދެމެހެއްޓެނިވި ދަތުރުފަތުރުގެ އޮނިގަނޑު އެކުލަވައިލުމަށާއި، އެ ސިޓީގައި އެއްގަމު އުޅަނދުފަހަރު ގެންގުޅެވޭނެ މިންވަރު ކަނޑައެޅުމަށް ބޭނުންވާ ކޮންސަލްޓެންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާން ބާތިލްކޮށް، އަލުން އެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، މި މަސައްކަތަށް މީގެ ކުރިން ކުރެވުނު ނަންބަރު (IUL)426-AA/426/2026/292 އިއުލާން ބާތިލްކޮށް، ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި މިފަދަ ވިޔަފާރި ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މަސައްކަތާ ގުޅޭ ބިޑް ޑޮކިއުމަންޓް ހޯދުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު 2026 އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު (ކުންފުނި ނުވަތަ ވިޔަފާރީގެ ނަން، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް) އެ ކައުންސިލްގެ ޕްރޮކިއުމަންޓް ޔުނިޓުގެ މެއިލް އަށް ފޮނުވަން ޖެހެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަސައްކަތާ ގުޅޭ މައުލޫމާތު ޝީޓާއި ބިޑް ފޯމް ސޮފްޓްކޮޕީ ފޯމެޓުގައި މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

މީގެ އިތުރުން، ބީލަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އޮކްޓޫބަރު 18 ވާ އާދީއްތަ ދުވަހުގެ 10:00 އިން ފެށިގެން އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ 14:00 އާ ދެމެދު އެ އިދާރާގެ އީމެއިލަށް ސުވާލުތައް ފޮނުވުމަށް ކައުންސިލުން އެދެއެވެ. އަދި ފޮނުވާ ސުވާލުތަކުގެ ޖަވާބު އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ޑޮކިއުމަންޓް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި މަސައްކަތުގެ ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރު 04 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެ ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ސާފުކޮށް ލިޔެވިފައި އޮންނަންވާނެއެވެ. މި މަސައްކަތް ޙަވާލުކުރެވޭނެ އުސޫލާއި، ބިޑްތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެ ގޮތުގެ ތަފްސީލު ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދެއެވެ.

https://wamco.com.mv/
tel:+9607331319