
ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި!

ރިޟްވާން މޫސާ - 27 އޮކްޓޯބަރު 2026 - 08:18
ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު، މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި އެވެ.
ދީނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައަކީ ފެނަކައިގެ ޕްރޮކިއުމަންޓް އިސްވެރިޔާގެ މަޤާމުގައި ދީނާ ހުންނެވިއިރު، އޭނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ފެނަކައަށް ކުއްޔަށް ހިފާފައިވާ މައްސަލައެކެވެ.
ދީނާ އަކީ މީގެ ކުރިން ދައުލަތުގެ އިސް މަގާމެއް ފުރުއްވާފައިވާ ފަރާތަކަށް ވުމާއެކު ދައުލަތުން ވަނީ ދީނާގެ މައްޗަށް ކަނޑައެޅޭ އަދަބު ބޮޑު ކުރެވިދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެން ކަމުން ދީނާގެ މައްޗަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް ދީނާގެ ފަރާތުން ވަނީ އޭނާ އަކީ ކުޑަ ކުދިންތަކެއް ގެންގުޅޭ މީހަކެއް ކަމަށާއި، މީގެ ކުރިން ކުށުގެ އެއްވެސް ރެކޯރޑެއް އޮތް މީހެއް ނޫން ކަމަށް ބުނެ ޖަލުގެ އަދަބު ލުއިކޮށްދީ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.
ދިފާއީ ވަކީލުން ކޯޓުގައި އެދިވަޑައިގަތީ ދީނާއަށް ޖަލު އަދަބު ނޫން އަދަބެއް ކަނޑައަޅައިދިނުމަށެވެ. ދީނާގެ ސިއްހީ ހާލަތާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވާނެކަން ބަޔާން ކުރައްވައި ދިފާއީ ވަކީލު ވިދާޅުވީ، އޭނާއަކީ މައިގްރޭން، ގޭސްޓްރޮލޮޖީ، ހިރަފުހަށް އެލަރޖީވުން އަދި އަސްތްމާ ފަދަ ބަލިތައް ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް ދިފާއުން އެދުނެވެ.
މި މައްސަލައިގައި ހިމެނޭ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށްވެސް މި ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ 4 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ދީނާގެ މައްޗަށް މި ހުކުމް އައީ ސައީދުގެ މައްޗަށް ހުކުމް ކުރިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޓެކްސް ބޮޑޮ ކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ އެ ފައިސާކޮޅު ވަގަށް ނެގުން: ނާޒިލް
44 މިނިޓު ކުރިން

ދެން ދިވެހި ރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލްސް ކުންފުނިން: ފިއްޓޭ
2 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
މި ސަރުކާރުގެ ވެރިން ބޭޒާރު ކޮށްލާނަން، ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯއެއް: ޕާޕާ
ދުވަހެއް ކުރިން


