logo

ދެން ދިވެހި ރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލްސް ކުންފުނިން: ފިއްޓޭ

profile

ރިޟްވާން މޫސާ - 27 އޮކްޓޯބަރު 2026 - 07:48

ފައިސާ އަށް ރައްޔިތުންގެ ލޯތްބާއި ސަރުކާރުގެ އިތުބާރު މިއަދު ގެއްލިއްޖެ ކަމަށާއި، ދެން މި ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގައި ގާނޫނުތައްވެސް ހަދާނީ ދުބާއީގެ އީގަލް ހިލްސް ކުންފުނިން އަންގާ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރަސްމާލޭގެ 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދުބާއީގެ ކުންފުންޏަށް ދިނުމާއި، ދެކޮޅަށް އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ގަރާރު ބޭރުކޮށްލުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިއްޓޭ ވިދާޅުވީ ފައިސާ އަށް ހެއްލި މިއަދުގެ ގައުމުގެ ހާލަތަކީ ރައްޔިތުންގެ އިތުބާރު ގެއްލުން ކަމަށެވެ.

ރައްޔިތުންގެ އިތުބާރާއެކު ރައްޔިތުން އިންތިހާބުކޮށްފައި ތިއްބަވާ މަޖިލީހުގެ މެންބަރުން ވެސް ބަޔެއްގެ ދަށުވެފައިވާ ގޮތަކަށް ތިބިކަން ހާމަވާ ފަދަ މޭރުމަރުމަކުން ފިއްޓޭ ވިދާޅުވީ ދެން މި ގައުމުގައި މަޖިލީހުގެ ގާނޫނު ތައްވެސް ހަދާނީ އީގަލް ހިލްސް ކުންފުނިން ކަމަށެވެ.

"ފައިސާ އާއި ގުޅެންޏާ އެގުޅުނީ ހުރިހައި ކަމަކާ.ފައިސާ އާއި ކުޅެންޏާ އެކުޅެވެނީ ލެޔާ. އެހެންނޫން މިއަދު މިވަނީ. އަޅުގަނޑުމެން އިއްޔެ ލިބެން އޮތް ފައިސާ އެއް މީހަކަށް ލިބެން އޮތް ފައިސާ އެއްގެ ވާހަކަ ދައްކާލީމަ މިއަދު ގާނޫނު މި އަންނަނީ. އަޅުގަނޑު ބުނިން ދެން ދިވެހިރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލް ކުންފުނިންނޭ." މަޖިލީހުގައި ފިއްޓޭ ވިދާޅުވި އެވެ.

ފިއްޓޭ ވިދާޅުވީ އެ ކުންފުނިން ފުރަތަމަ ގާނޫނު މަޖިލީހުގައި ހަދައިފި ކަމަށާއި، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަޖިލީހަށް ގަރާރެއް ހުށައަޅައިގެން މިހާރަކު ބަހުސް އެއް ނުކުރެވޭނެ ކަމަށެވެ.

ފިއްޓޭ ވަނީ ގާނުނު ތަކަށް މިފަދަ ބޮޑެތި ބަދަލުތަކެއް މަޖިލީހުގައި ގެންނަ ގެނައުމުގައި ބޭރުގެ މިފަދަ ނުފޫޒު ގަދަ ފަރާތްތަކުގެ ބާރު އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މަޖިލީހުން ފާސްކުރި ފާސްކުރުމަކީ ވެސް މިފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ދިވެހިރާއްޖެއަކީ ގާނޫނު ތަންފީޒު ނުކުރުމުގައި އެެންމެ މަތީޖަރަޖައިގެ ގައުމެއް ކަމަށާއި ހާއްސަކޮށް ބޭރުމީހުންނާއި ބެހޭ ގާނޫނު ތަންފީޒު ކުރުމުގައި އިހުމާލުވާ ގައުމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319