logo
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ---

ރަސްމާލޭގެ ބިން ޔަހޫދީންނަށް ވިއްކާލައިފިނަމަ ރައީސް މުއިއްޒު ވެގެންދާނީ ގައުމަށް ހިޔާނާތްވި ވެރިޔަކަށް: އިމްރާން

profile

ޖިނާން ޙުސައިން ޖަބީން - 26 އޮކްޓޯބަރު 2026 - 11:15

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ މެރީނާ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ޒަޔަނިސްޓް ޔަހޫދީންނަށް ވިއްކާލައިފިނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެގެންދާނީ ދިވެހި ތާރީހު ދުށް ގައުމަށް އެންމެ ބޮޑު ހިޔާނާތެއްވި ވެރިޔާއަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އިމްރާން މި މޭރުމުން ވިދާޅުވީ މީސްމީޑިއާ މަންސް "އެކްސްގައި" ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އިމްރާން ވިދާޅުވީ، ދިވެހި ފަސްގަނޑުން 500 ހެކްޓަރުގެ ބިން ޒަޔަނިސްޓް ޔަހޫދީންނަށް ވިއްކާލައިފިނަމަ ރައީސް މުއިއްޒު ވެގެންދާނީ ދިވެހި ތާރީހު ދުއް ގައުމުދެކެ އެންމެ ލޯބި ނުވާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް އެންމެބޮޑު ހިޔާނާތެއްވީ ވެރިޔާއަށް ކަމަށެވެ.

View post on Twitter

އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މެރީނާ މަޝްރޫއެއް ހިންގުމުގެ ނަމުގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމާ ގުޅިގެން ޒަޔަނިސްޓު ޔަހޫދީންނަށް ރާއްޖޭގައި ވަޒަންވެރިވެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ މިކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ މި މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށެވެ.

އިޒްރޭލާއި ޒަޔަނިސްޓުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ފަރާތްތަކާ ގުޅިގެން މި މަޝްރޫއު ހިންގުމުގެ ކަންބޮޑުވުންތައް އިތުރުވަނީ، އީގަލް ހިލްސް ކުންފުނީގެ ބާނީ މުހައްމަދު އަލްއައްބާރަކީ ޔަހޫދީންނާ ގާތް ގުޅުމެއް ބާއްވައި، އިޒުރޭލަށް އެކި ގޮތް ގޮތުން ފަންޑުކުރަމުން އަންނަ ފަރާތެއް ކަމަށްވާތީއެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެގެ ނަމުގައި މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ފެށި މަޝްރޫއެއް ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު، މި މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން ނިންމާފައިވަނީ 99 އަހަރުގެ ދިގު މުއްދަތަކަށެވެ.

ނަމަވެސް، މިކަން ދޮގުކޮށް ސަރުކާރުން ބުނެފައިވަނީ، އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަނީ ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގާނޫނުން ހުއްދަކުރާ 99 އަހަރުގެ ލީޒް އުސޫލުން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ހުރިހާ ވަސީލަތްތަކާއި ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތަށް ކަމަށްވެސް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

https://wamco.com.mv/
tel:+9607331319