
ޓެކްސް ބޮޑޮ ކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ އެ ފައިސާކޮޅު ވަގަށް ނެގުން: ނާޒިލް

ރިޟްވާން މޫސާ - 27 އޮކްޓޯބަރު 2026 - 08:41
މި ސަރުކާރުން ޓެކްސް ބޮޑު ކުރަން ވަރަށް މަސައްކަތް ކުރާ ކަމަށާއި، ޓެކްސް ފައިސާ އިތުރުކޮށްގެން ހަމަ އެކަނި ކުރާހާވެސް ކަމަކީ އެ ފައިސާތައް ދައުލަތުން ވަގަށް ނެގުން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން ހުށައެޅުނު ބަހުސްގައި ވާހަކަދައްވަމުން ނާޒިލް ވިދާޅުވީ ޓެކްސް ފައިސާއިން ސަރުކާރަށް ހަމައެކަނި ކުރެވުނުހާވެސް ކަމަކީ ރަސްމާލެ ތަރައްގީ ކުރުމަށްޓަކައި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރުން ކަމަށެވެ.
ނާޒިލް ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރީ ސަރުކާރުން އެ ތަންތަން ހިއްކުމަށްފަހު އެ ސަރަހައްދު ވިއްކާލައިގެން ފައިސާ ހޯދަން ނޫން ކަމަށާއި، ނަމަވެސް މިއަދު ފެންންނަން އޮތް ހަގީގަތަކީ އެ ފައިސާ ވެސް ސަރުކާރުން ވަގަށް ނަގަމުން އަންނަ މަންޒަރު ކަމަށެވެ.
މިއަދު ދިވެހި ރައްޔިތުން އުޅެމުންދަނީ ނުހަނު ހާލުގައިކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، ޚާއްސަކޮށް ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުވުމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތުން ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާ އިސްރާފު ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ވެސް ސަރުކާރުން ކުރަމުންދާ ކަމަކީ ވައްކަން ކުރުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓި، އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ގަނަތެޅެމުންދާއިރު، ސަރުކާރުން ބޮޑެތި މަޝްރޫއުތަކުގެ ނަމުގައި ހިންގާ ކަންކަމުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި!
ގަޑިއިރެއް ކުރިން

ދެން ދިވެހި ރާއްޖޭގައި ގާނޫނު ހަދާނީ އީގަލް ހިލްސް ކުންފުނިން: ފިއްޓޭ
2 ގަޑިއިރު ކުރިން

ރަސްމާލޭގެ ބިން އީގަލް ހިލްސްއަށް: އެކުއިޒިޝަން އަގާއި ކުލި ނުލިބުމުން ވާ މާލީ ގެއްލުން
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
މި ސަރުކާރުގެ ވެރިން ބޭޒާރު ކޮށްލާނަން، ނުކުންނާނީ ފަހަރަކު މީހެއްގެ ވީޑިއޯއެއް: ޕާޕާ
ދުވަހެއް ކުރިން


