logo

ކީއްވެތޯ އަޅުގަނޑަށް ގޯއްޗެއް ނުލިބެންވީ - ރޮޒެއިނާ

profile

އަހުމަދު ޒަލީފު - 15 އޯގަސްޓު 2023 - 23:12

ރޮޒެއިނާ އާދަމް އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރޮޒެއިނާ އާދަމް އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

މާލެ ރައްޔިތުންނަށް ގޯތި ދޭއިރު އޭނާއަށް ގޯތި ނުލިބެންވީ ސަބަބެއް ބުނެދެއްވުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކޮށްގެން ހުރި ނަމަ ވެސް އޭނާއަށް ވުރެ ގޯތި ހައްގު މީހެއް މި އުޑުދަށުގައި ނުހުންނާނެ ކަމަށެވެ.

ރޮޒެއިނާ އާއި ނާޝިޒަށް ގޯތި ލިބުނުއިރު ދެބޭފުޅުންނަކީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ، ދެބޭފުޅުންނެވެ. ނާޝިޒްގެ އާއިލާގެ ރިސޯޓްތައް އެބަހުއްޓެވެ. އަދި އެހެނިހެން ވިޔަފާރިތައް ވެސް އާއިލާ އިން ކުރެއެވެ. ރޮޒެއިނާގެ އާއިލާ ވިޔަފާރި ޑޮނާޑް އަކީ ވެސް މަޝްހޫރު ކުންފުންޏެކެވެ.

ރޮޒެއިނާ އާއި ނާޝިޒްއަށް ގޯތި ލިބިފައިވަނީ ޖުމްލަ ތިން މީހަކު ހިމެނިގެން ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެން 71.59 މާކްސް ލިބިގެންނެވެ.

މިކަމާއި ގުޅިގެން ރޭ މީހަކުު ކުރި ޓްވީޓަކަށް ޖަވާބުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، އޭނާގެ ގޯއްޗެއް ނެތް ކަމަށާއި، ބައްޕަ ގެ އޮތީ 12 ބަޔަށް ބަހަން ޖެހޭ 2000 އަކަފޫޓުގެ ގޯއްޗެއް ކަމަށެވެ.

"އަޅުގަނޑަކީވެސް މާލެ ރައްޔިތެއް، އެކަމަކު މާލެ އިން 100 އަކަފޫޓުވެސް ނުލިބޭ، އެހެންވީމަ މާލެ ރައްޔިތުންނަށް ގޯތި ދޭއިރު އަޅުގަނޑަށް ނުލިބެން ޖެހޭ ސަބަބެއް ބުނެދެއްވާ.".ރޮޒެއިނާ ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319