
ހުޅުމާލޭ އެންސިސް ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ޖުލައި 2025 - 20:28
ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮންޓްރޯލްކޮށްފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ރޭ (ޖުލައި 10 ދުވަހުގެރޭ) 18:48 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ.
ގުދަނުގައި ރޯވެފައިހުރި އަލިފާންގަނޑު ކޮންޓްރޯލްކުރުމުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންގެ ފަރާތުންނާއި، މޯލްޑިވްސް އެއަރޕޯޓް ފަޔަރ އެންޑް ރެސްކިޔުގެ ފަޔަރފައިޓަރުންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.
މި ހާދިސާގައި ރޯވީ އެ ގުދަނުގެ ހަތަރުވަނަ ފަންގިފިލާގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން