
'ހައުސްފުލް 5' އެމޭޒަން ޕްރައިމްއަށް

އައިޝަތު އިބްރާހިމް - 02 އޯގަސްޓު 2025 - 11:24
"ހައުސްފުލް 5" އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރިކަން އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފިއެވެ.
ޖޫންމަހުގެ ތެރޭގައި ރިލީޒްކުރި މިފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިގެންގޮސްފައެވެ.
ރިލީޒްކުރިތާ އެންމެ ހަތަރު ދުވަސްތެރޭ ބޮޑު އާމްދަނީއެއް ހޯދި "ހައުސްފުލް 5"އަކީ ވަރަށް ބޮޑު ކާސްޓަކާ އެކު ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން ގެނެސްދިން ފިލްމެކެވެ.
އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް، ސޯނަމް ބަޖްވާ އަދި ނަރްގިސް ފަޚްރީ ސޯޝަލް މީޑިއާގައި މަޖާ އަދި ތަފާތު ވީޑިއޯއެއް ޕޯސްޓްކުރުމުންނެވެ.
ބޮލީވުޑްގެ ބްލޮކްބާސްޓާރއެއްގެ ގޮތުގައި މިހާރު ބެލެވިފައިވާ މި ފިލްމަކީ ތަރުން މަންސުހާނީ ޑައިރެކްޓްކޮށް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. މިއީ ސާޖިދު ނަދިއަދުވާލާގެ އަމިއްލަ ޕްރޮޑަކްޝަންއިން ގެނެސްދެމުން އަންނަ ކޮމެޑީ ފްރެންޗައިސް "ހައުސްފުލް"ގެ ދަށުން ގެނެސްދިން އެ ފްރެންޗައިސްގެ ފަސް ވަނަ ފިލްމެވެ.
މި ފްރެންޗައިސްގެ ކުރީގެ ފިލްމުތަކުން ވެސް އެކި ފަހަރު އެކި ތަރިން ފެނިފައިވީ ނަމަވެސް މިހާތަނަށް ގެނެސްދިން ހުރިހާ ފިލްމުތަކުން ވެސް އަކްޝޭ ކުމާރު އަދި ރިތޭޝް ދޭޝްމުކް ވަނީ ފެނިފައެވެ.
ފިލްމު "ހައުސްފުލް 5"ގެ ޓްރެއިލާ ބެލުންތެރިންނަށް ގެނެސްދިންއިރު ވެސް ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ކުރިން ގެނެސްދިން ހަތަރު ބައިން އެކި ފަހަރު މަތިން ފެނުނު ހުރިހާ ތަރިން ވެސް ޖޫން މަހު ރިލީޒްކުރި ފިލްމުގައި ވަނީ ހިމަނާފައެވެ.
އޭގެތެރޭގައި، ޖެކްލީން ފެނާންޑެޒް، ސޯނަމް ބާޖްވާ،ނަރުގިސް ފަޚުރީ، ޗިތުރަންގްދާ ސިންގް،ސުންދަރުޔާ ޝަރުމާ، އަބީޝެކް ބައްޗަން،ޑީނޯ މޯރިއާ، ސަންޖޭ ދަތު، ޖެކީ ޝްރޮފް، ނާނާ ޕަޓޭކަރު، ފަރުދީން ޚާން، ޗަންކޭ ޕާންޑޭ، ޖޯނީ ލިވާ، ޝްރެޔާސް ތަލްޕަޅޭ، ރަންޖީތު އަދި ނިކިތިން ދީރު ހިމެނެއެވެ.
މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ބޮޑު ކްރޫޒްލައިނާއެއްގެ ތެރޭ ހިންގާ ގަތުލު އާއްމުގެ ފަހަތުގައި ހުރީ ކާކުކަން ހޯދުމަށް ކުރާ މަސައްކަތްތަކާ އެކު ދިމާވާ ހެއްވާ މަޖާ ހާދިސާތަކުގެ މައްޗަށެވެ.
240 ކުރޯޑް ގެ ބަޖެޓަކުން ހެދި މި ފިލްމަށް މިހާތަނަށް ޖުމްލަ 273.5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ޕްރޮޑަކްޝަނުން އެސްޓިމޭޓްކުރި ބަޖެޓަށްވުރެ އިތުރު އަދަދެއްކަން ފާހަގޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
6 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
6 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
11 ގަޑިއިރު ކުރިން


